ނޯތު މެސެޑޯނިއާ އަތުން ޔޫކްރޭނަށް ހަނި މޮޅެއް

ކުޅިވަރު ފަހުގެ

ޔޫރޯ 2020 މުބާރާތުގެ ގްރޫޕް ސީ ގައި ނޯތު މެސެޑޯނިއާ އަތުން ޔޫކްރޭން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.

ބުކަރެސްޓްގެ ނެޝަނަލް އެރީނާގައި ކުޅުނު މި މެޗު ޔޫކްރޭނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗު ފަށައިގެން ޔޫކްރޭންގެ ފަރާތުން މޮޅު އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، ޔޫކްރޭނުން ވަނީ މެސެޑޯނިއާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ޔޫކްރޭނުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރީ ޔާމޮލެންކޯއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޔޫކްރޭނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޔާމޮލެންކޯގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޯމަން ޔަރެމްޗަކެވެ.

މެޗުގެ ދެވަނަ ހާފުގައި ނޯތު މެސެޑޯނިއާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޭޒްގިއަން އަލިއޯސްކީއެވެ. އަލިއޯސްކީ ފޮނުވާލި ޕެނަލްޓީ ޔޫކްރޭނުގެ ގޯލްކީޕަރު ދިފާއުކުރި ނަމަވެސް، އޭނާ ވަނީ ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އަދި އޭގެ ފަހުން މެޗުގެ 84 ވަނަ މިނެޓުގައި ޔޫކްރޭނަށްވެސް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ރުސްލާން މަލިނޯވްސްކީ ފޮނުވާލި ޕެނަލްޓީ ނޯތު މެސެޑޯނިއާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު ޔޫކްރޭން އޮތީ ގްރޫޕުގެ ތިންވަނައިގައި ދެ މެޗުން ތިން ޕޮއިިންޓާއެކުއެވެ. މި ވަގުތު ތިން ޕޮއިންޓާއެކު އޮތް އަނެއް ދެ ޓީމަކީ ނެދަލެންޑްސް އާއި އޮސްޓްރިއާ އެވެ. އެ ދެ ޓީމުގެ މެޗު ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭނެއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ.

މެސެޑޯނިއާ އަތުން ޔޫކްރޭނަށް ހަނި މޮޅެއްޔޫރޯ 2020 މުބާރާތުގެ ގްރޫޕް ސީ ގައި ނޯތު މެސެޑޯނިއާ އަތުން ޔޫކްރޭން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.ބުކަރެސްޓްގެ ނެޝަނަލް އެރީނާގައި ކުޅުނު މި މެޗު ޔޫކްރޭނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.މެޗު ފަށައިގެން ޔޫކްރޭންގެ ފަރާތުން މޮޅު އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، ޔޫކްރޭނުން ވަނީ މެސެޑޯނިއާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ޔޫކްރޭނުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރީ ޔާމޮލެންކޯއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޔޫކްރޭނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޔާމޮލެންކޯގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޯމަން ޔަރެމްޗަކެވެ.މެޗުގެ ދެވަނަ ހާފުގައި ނޯތު މެސެޑޯނިއާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޭޒްގިއަން އަލިއޯސްކީއެވެ. އަލިއޯސްކީ ފޮނުވާލި ޕެނަލްޓީ ޔޫކްރޭނުގެ ގޯލްކީޕަރު ދިފާއުކުރި ނަމަވެސް، އޭނާ ވަނީ ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އަދި އޭގެ ފަހުން މެޗުގެ 84 ވަނަ މިނެޓުގައި ޔޫކްރޭނަށްވެސް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ރުސްލާން މަލިނޯވްސްކީ ފޮނުވާލި ޕެނަލްޓީ ނޯތު މެސެޑޯނިއާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.މި މޮޅާއެކު ޔޫކްރޭން އޮތީ ގްރޫޕުގެ ތިންވަނައިގައި ދެ މެޗުން ތިން ޕޮއިިންޓާއެކުއެވެ. މި ވަގުތު ތިން ޕޮއިންޓާއެކު އޮތް އަނެއް ދެ ޓީމަކީ ނެދަލެންޑްސް އާއި އޮސްޓްރިއާ އެވެ. އެ ދެ ޓީމުގެ މެޗު ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭނެއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ