ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްނުކުރުމަށް ސާއްބަ އެކުވެރި ކުލަބުން ގޮވައިލައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްނުކުރުމަށް ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން ގޮވައިލައިފިއެވެ. މިކަމަށް އެ ކުލަބުގެ ފަރާތުން ގޮވައިލައިފައިވަނީ އެ ބިލު ފާސްނުކުރުމަށް ގޮވާލާ އެ ކުލަބުން މިއަދު ނެރުނު ބަޔާނެއްގައެވެ.

އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމުހުރިއްޔާގެ ޤާނޫނު އަސާސީއަށް ރައްކައުތެރިވުމަށާއި ، ދިވެހިޤައުމަށް އިޙްލާސްތެރިވުމާށާއި ، ދިވެހިރާއްޖޭގެ ޖުމުހުރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާގޮތުގެ މަތީން އެކަންކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނަތްތެރިކަމާއިއެކު އަދާކުރުންމަތީ ދެމިހުރުމަށް އަޅުގަނޑުމެން ﷲ ގަންދީ ހުވާކޮއްގެން ތިބި ހިނދު ، 25 މޭ 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިޞްލާޙް ފާސްކޮށް ތަސްތީޤް ކޮއްފިނަމަ ، މިކުޑަކުޑަ ދިވެހި ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ނުހަނު ބޮޑުދޮރެއް ޤާނޫނީގޮތުން ހުޅުވިގެން ހިނގައިދާނެތީ އެކަމާމެދު އެ ކުލަބުން ނިހާޔަތަށް ކަންބޮޑުވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން، ނަފްރަތު އުފެއްދުމަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން މިހާރުވެސް މަނާކޮއްފައަ އޮތްކަމަކަށްވެފައި ، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ އިސްލާމްދީނުން ބޭރުވާފާދަ އަމަލަކަށް ވީހިނދު ، ނަފްރަތުގެ ޢަމަލު ހިންގުން ހުއްޓުވުމުގެ ނަމުގައި ސަރުކާރުން ހުށައަޅާފައިވާ ބިލުގެ ސަބަބުން އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި ދުކޮޅަށް އަޑުއުފުލުން ޤާނޫނީގޮތުން މަނާވެ، އިސްލާމްދީނާއި ދެކޮޅަށް ބަސްބުނެހެދުމުގެ މިނިވަންކަން ޤާނޫނު މެދުވެރިކޮށް ހޯދައިދެވި، ކުއްވެރިވާން ނުޖެހޭ އެތަށްބަޔަކު ކުއްވެރިވާނެކަމީވެސް އެ ކުލަބުން އިންތިހާޔަށް ކަންބޮޑުވާކަމެއް ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސައްތައިންސައްތަ އިސްލާމީ ޤައުމުއްގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް އިސްލާމްދީނާއި ޚިލާފްވާހަކަތަށް ދެއްކުމަށް ފުރުސަތު ފަހިވެގެންދާނެ ފަދަ ޤާނޫނެއް ދިވެހި ރައްޔިތުންގެ މައްޗަށް ހިންގުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް ކަމާއިބެހޭ ހުރިހާ ފަރާތްތަކަށް އެ ބަޔާނުގައި އެ ކުލަބުން އިލްތިމާސްކޮށްފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ “މިފުރުސަތުގައި މި ބިލާމެދު ފުންކޮށް ވިސްނަވާ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެށް ހުރި މިފަދަ ބިލަކާ ދެކޮޅަށް އަޑު އުފެއްލެވުމަށް ހަނިމާދޫ ކައުންސިލަށާއި، ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ އަރިހުން ވަރަށް އިހްތިރާމާއި އެކު ގޮވާލަމެވެ.”

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ