ސްލޮވާކިއާ ބަލިކޮށް ސްވިޑެން ދެވަނަ ބުރަށް އުންމީދެއް

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ގްރޫޕް އީ ގައި ސްލޮވާކިއާ ބަލިކޮށް ސްވިޑެންއިން ދެވަނަ ބުރަށް ދިޔުމުގެ އުންމީދު ގާތަށް ޖައްސައިލައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ސެއިންޓް ފީޓަސްބާގްގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްވިޑެންއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗުގެ ފުރަތަމަ ހާފު ސްވިޑެން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް އެ ޓީމަށް މާކަ އެދެވޭ ހަމަލާއެއް ސްލޮވާކިއާގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 59 ވަނަ މިނެޓުގައި ސްވިޑެންގެ ލުޑްވިގް އައުގަސްޓިންސަން އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސްލޮވާކިއާގެ ކީޕަރު މަރްކް ރޮޑާކް އެވެ. އެކަމަމު މެޗުގެ 77 ވަނަ މިނެޓުގައި ސްވިޑެން އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެމިލް ފޯސްބާގް އެވެ. މިއީ ސްވިޑެންގެ ކުޅުންތެރިއަކަށް އޭރިޔާ ތެރެއިން ސްލޮވާކިއާގެ ކީޕަރު ރޮޑާކް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު ސްލޮވާކިއާ އަށާއި ސްވިޑެންއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ސްޕެއިނަށް ވަނީ އެއް ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ޕޮލެންޑަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ