ހަނިމާދޫ މޮނީޓަރިންގެ މިހާލަތުގައި ދީފައިވާ ލުއިތަކުގެ ތެރެއިން މުށިމަސް ބާނަން ދެވޭނެކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ވިދާޅުވެއްޖެއެވެ.
އިއްޔެ ކައުންސިލުން ދީފައިވާ ލުއިތަކުގެ ތެރޭގައި މުށިމަސް ބާނަން ދާފަރާތްތަކަށް ލުއިދީފައި ނުވާތީ ގޮށްކޮޅުން ކައުންސިލްގެ ރައީސާއި ސުވާލު ކުރުމުން ވިދާޅުވީ މުށިމަސްބާނަން ދާން ބޭނުން ވާ ފަރާތްތަކުން ކައުންސިލް ނަބަރު 7440028 އަށް ގުޅައި ހުއްދަ ހޯދައިގެން މަސްބާނަން ދެވޭނެ ކަމަށެވެ.
މަސްބާނަން ދިއުމުގެ ހުއްދަ ކަރަންޓީން ކުރެވިފައިވާ ފަރާތްތައް ނޫން ހުރިހާ ފަރާތްތަކަށްވެސް ހުއްދަދެވޭނެއެވެ. އަދި މަހަށް ދާފަރާތް ތަކުން ގައިދުރުކަން އިސްކުރުމާއި ރައްކާތެރިކަން އިސްކުރުމަށް ރައީސް ވިދާޅުވިއެވެ.


