އުރުގުއޭ އަތުން އާޖެންޓީނާއަށް މޮޅެއް

ކުޅިވަރު ފަހުގެ

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައި ކުޅުނު ދެވަނަ މެޗުން އުރުގުއޭ އަތުން އާޖެންޓީނާ މޮޅުވެއްޖެއެވެ.

ބްރެޒިލުގައި ކުރިއަށްދާ މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ފަތިހު ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާޖެންޓީނާއިން ކާމިޔާބުކޮށްފައިވަނީ މެޗު ފަށައިގެން 13 ވަނަ މިނެޓުގައެވެ. ކެޕްޓަން ލިއޮނެލް މެސީ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޤައުމަށް ކާމިޔާބުކޮށްދިނީ ގީޑޯ ރޮޑްރީގޭޒެވެ. އޭގެ ފަހުން ދެ ޤައުމަށްވެސް ވަނީ މި މެޗުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ކޮޕާ އެމެރިކާގައި ކުޅުނު ދެވަނަ މެޗުން އާޖެންޓީނާ މޮޅުވިއިރު، ފުރަތަމަ މެޗުގައި ވަނީ ޗިލީއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ގްރޫޕް ބީގެ އެއްވަނައިގައި އޮތް އާޖެންޓީނާ އާއި ދެވަނައިގައި އޮތް ޗިލީއަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ