ހަންގޭރީން ދުނިޔޭގެ ޗެމްޕިއަން ހިފަހައްޓައިފި

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ފޯރިގަދަ ގްރޫޕް ކަމައްވާ ގްރޫޕް އެފް ގެ ފުރަތަމަ މެޗުގައި ހަންގޭރީ އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން އެއްވަރުވެގެން ނިމިއްޖެއެވެ.

ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗު ފަށައިގެން ފްރާންސްއިން ވަނީ ހަންގޭރީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ކަރީމް ބެންޒަމާ އަދި އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާތައް ހަންގޭރީގެ ގޯލްކީޕަރު ޕީޓާ ގުލާޗީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭއަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނުއިރު، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި ބެންޒަމާއަށްވެސް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

ފްރާންސަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަންގޭރީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޓީލާ ފިއޮލާއެވެ.

މެޗުގެ ދެވަނަ ހާފުގައި ފްރާންސްއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފުގައިވެސް އެ ޓީމަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރީޒްމަންއެވެ.

މި ނަތީޖާއާއެކު ފްރާންސަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޕޯޗުގަލަށް އެއް މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި ހަންގޭރީން އޮތީ ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކުއެވެ. މީގެ އިތުރުން ގްރޫޕްގެ ފުލުގައި އޮތް ޖަރުމަނަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ