“ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލާއި ދެކޮޅުކަން ހާމަކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބަޔާނެން ނެރެފިއެވެ.
އެ ބަޔާނުގައި އެ ޖަމިއްޔާއިން ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ދީނުން ބޭރުވާ ކަމެއްކަމަށާއި މުންކަރާތްތައް ނަހީކުރުމުގެ ދައުރު ހަނިވާފަދަ ގޮތަކަށް ގާނޫނެއް ފާސްނުކުރުމަށް ގޮވާލާކަމަށެވެ.
މީގެ އިތުރުން ސެކިއުލަރ ފިކުރުގެ ތަނަކަށް ހެދުމަށް ސިދާ ގޮތުންނާ ނުސީދާގޮތުން މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވެއެވެ.
ދިނާއި އިސްތިގުލާލް ގެއްލޭ މިފަދަ އަމަލުތަކަށް އެއްބާރުލުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ އިއްޒަތްތެރި މެމްބަރުންނަށް އެ އެ ޖަމިއްޔާއިން ވަނީ އެ ބަޔާނުގައި އިލްތިމާސްކޮށް ގޮވާލާފައެވެ.
މިއީ މި ބިލާއި ގުޅިގެން ހަނިމާދޫގައި ނެރެވުނު 4 ވަނަ ބަޔާނެވެ.
އެމްޑީޕީގެ 4 މެމްބަރުން ހިމެނޭ ހަނިމާދޫ ކައުންސިލް މި ބިލާއި މެދު އެއްވެސް ބަހެއް ބުނެފައި ނުވާއިރު ޖޭޕީ ކައުންސިލަރު ވަނީ މި ބިލް ކުށްވެރިކޮށް ބަޔާނެން ނެރެފައެވެ.


