ހިސާން ހުށައަޅާފައިވާ އިސްލާހު ފާސްނުކުރުމަށް ހަނިމާދޫ ކައުންސިލުން ގޮވާލައިފިއެވެ.
ހަނިމާދޫ ކައުންސިލުން މިހެން ގޮވާލައިފައި މިވަނީ، ގިނަ ކައުންސިލުތަކަކުން އެ އިސްލާހަށް އިންކާރު ކުރަމުން ދާއިރު، ހަނިމާދޫ ކައުންސިލުން އެ އިސްލާހާމެދު ބަހެއް ނުބުނާތީ، އެކަމާ މެދު ހަނިމާދޫގެ ބައެއް ފަރާތްތަކުން ޝޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކަރުމުންދާ ދަނޑިވަޅެއްގައެވެ.
ހަނިމާދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 9/2014 ( ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އިސްލާހުކޮށް އެ ޤާނޫނުން ” ނަފްރަތު ޢަމަލު ހިންގުން” މި ނަމުގައި މާއްދާއެއް އިތުރުކުރުމަށް މިހާރު ހުށަހަޅާފައިވާ އިސްލާހްގެ ނަމުގެ ބިލު މިހާރު ހުށަހަޅާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ނުކުރުމަށް ގޮވާލާ ކަމަށެވެ.
މިބަޔާނުގައި ސޮއިކޮށްފައިވަނީ ނައިބު ރައީސް ފިރާގް މުހައްމަދުގެ އިތުރުން ކައުންސިލް މެންބަރު ނާޒިޔާ ހަސަން އަދި އަލީ އިބްރާހިމެވެ.
ކައުންސިލްގެ ރައިސް އަދި މެމްބަރު ޙާރިޘާ މުހައްމަދު ހުރީ ހޯމް ކަރަންޓީނުގައެވެ.
ޙާރިޘާ މުހައްމަދު ވަނީ އޭނާގެ ރައުޔު ހާމަކޮށް މިމަހުގެ 17 ވަނަ ދުވަހު ބަޔާނެން ނެރެފައެވެ. އެ ބަޔާނުގައި އެ އިސްލާހު ފާސްނުކުރުމަށް ގޮވައިލާފައިވެއެވެ.


