ހަނިމާދޫ ރައްޔިތުންގެ މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ރަށުގެ ބިމުން ބޮޑު ބައެއް އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢުއަށް ނެގުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަނިމާދޫ ކައުންސިލަށް އަންގާފައިވާ އެންގުމާއި މެދުއެވެ. މިނިސްޓްރީގެ ސިޓީގައިވާ ގޮތުން 400.000 (ހަތަރުލައްކަ) އަކަފޫޓްގެ ބިމެއް، ހަނިމާދޫގެ ލޭންޑްޔޫސް ޕްލޭނިންގ އަށް އިތުރުކުރުމަށް އެދިފައިވާ އެދުމަށް ގޮތެއް ނިމުން މިއަދުވަނީ ތާވަލް ކޮށްފައެވެ.
އެބައްދަލު ވުމަށް އާއްމުން ވަނުމަށް އެދުމުން އެފުރުސަތުވެސް ވަނީ ހަނިމާދޫ ކައުންސިލުން ނުދީފައެވެ.
އެ ބައްދަލު ވުމުގައި ނިންމި ގޮތެއް ސާފުކުރުމަށް ގޮށްކޮޅުން ތަކުރާރުކޮށް ކައުންސިލް ނައިބުރައީސް ފިރާގު މުހައްމަދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ މައުލޫމާތު ސާފުވާ ގޮތް ނުވެފައެވެ.
ކައުންސިލްގެ ރައީސް މިވަގުތު ހުންނެވީ ހޯމް ކަރަންޓީނުގައެވެ.
ބިންދިނުމާއި ދެކޮޅަށް މަސައްކަތް ކުރާ ޒުވާނުން ބުނެފައި ވަނީ މިއަދު ބައްދަލުވުމުގައި އެކަމަށް އެވެސް ވަރަކަށް ބަހުސް ކޮށްފައި ނުވާކަމަށެވެ.


