ދިވެހިންގެ އެހީ ހިފައިގެން ދެވަނަ ގާފިލާއެއް ޣާޒާއަށް ވަދެއްޖެ

ޚަބަރު ފަހުގެ

ދިވެހިންގެ އެހީ ހިފައިގެން ދެވަނަ ގާފިލާއެއް ޣާޒާއަށް ވަދެއްޖެ އެވެ.

މި ތަކެތި ފޮނުވުމުގައި މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ބުނީ، މި އެހީގެ ސަބަބުން 150،000 މީހުންނަށް ފައިދާ ލިބިގެންދާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިފަހަރު ފޮނުވި ގާފިލާގައި ހިމެނެނީ ކާބޯތަކެތީގެ 400 ޕެކޭޖާއި ފެން ފޯރުކޯށް ދޭ ފެސިލިޓީއަށް 2500 ލީޓަރުގެ ޑީސަލް އާއި 50 ފަސްޓްއެއިޑް ކިޓާއި ބޮޑެތި މީހުންނަށް ބޭނުންވާ 200 ރަޖަ އާއި 150 ގޭސްފުޅި އެވެ. އޭގެ އިތުރުން 150 ގެއަކަށް ގޭސް އުނދުނާއި 50 ކަރަންޓު ފަންކާ އަދި 400 ބަނަސް ޕެކޭޖު ވެސް ގާފިލާގައި ފޮނުވާފައިވެ އެވެ.

އައިއޭސީން މި ތަކެތި ފޮނުވާފައި ވަނީ ”ލޯތްބާއެކު“ގެ ނަމުގައި މިދިޔަ ރޯދަ މަހު އެ ހަރަކާތުން ފެށި ކެމްޕެއިނުގެ ތެރެއިން، ފަލަސްތީނަށް ހާއްސަކޮށްގެން ފެށި ހާއްސަ ކެމްޕެއިނަށް ލިބުނު އެހީގަ އެވެ.

އެ ކެމްޕެއިން އައިއޭސީން ފެށީ، އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް އިތުރުވެ، އެތައް ބަޔަކު ހާލުގައި ޖެހުމުންނެވެ.

އެ ކެމްޕެއިނުގެ ތެރެއިން ފަލަސްތީނަށް އެހީގެ ތަކެތި ފޮނުވުމަށް ދިވެހިން ފަރާތުން ޖުމުލަ 13،099،797.70 ރުފިޔާ ލިބިފައިވާ ކަމަށް އައިއޭސީން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ