ނެދަލެންޑްސް ބަލިކޮށް ޗެކް ރިޕަބްލިކް ކުއާޓާއަށް

ކުޅިވަރު ފަހުގެ

ނެދަލެންޑްސް ބަލިކޮށް ޗެކް ރިޕަބްލިކް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެރޭ ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި ކުޅުނު މި މެޗު ޗެކް ރިޕަބްލިކުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗު ފަށައިގެން ނެދަލެންޑްސްއިން ޗެކް ރިޕަބްލިކްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުގެ މެޗުގެ 8 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލީޓްއަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން ޗެކް ރިޕަބްލިކްގެ ޕެތްރިކް ޝިކް ނުރައްކާތެރި ހަމަލާއެއް ބޮލުން ފޮނުވާލި ނަމަވެސް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު މެޗުގައި ނެދަލެންޑްސްއަށް އިތުރު ހުރަސްތަކަކާއި ކުރިމަތިވީ އެ ޓީމުގެ އިތުބާރު ޑިފެންޑަރު ޑި ލީޓްއަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. ރެފްރީ ޑި ލީޓްއަށް ރަތްކާޑު ދެއްކީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ޑި ލީޓް ގަސްދުގައި ބޯޅައިގައި އަތްލި ކަމަށް ބަލާފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތޯމަސް ހޯލެސް އެވެ. މި ލަނޑަށްފަހު ވެސް ޗެކުން ނެދަލެންޑްސްގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 80 ވަނަ މިނެޓުގައި ޝިކް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުން ޗެކް ރިޕަބްލިކް މޮޅުކޮށްދީފައިއެވެ.

މި މޮޅާއިއެކު ޗެކް ރިޕަބްލިކުން ކުއާޓާގައި ބައްދަލު ކުރަން ޖެހޭނީ ވޭލްސް ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދި ޑެންމާކާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ