ހަނިމާދޫ އިން ނެގުނު ރެންޑަމް 61 ސާމްޕަލް ނެގެޓިވް ވެއްޖެއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ތަފާތު ހިސާބުތައް ދައްކާ ގޮތުން 26 ޖޫން 2021 ގައި ރަށު ތެރެއިން ނެގުނު 40 ރެންޑަމް ސާމްޕަލައި 27 ޖޫން 2021 ގައި ނެގުނު 21 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.
ހަނިމާދޫގައި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 53 އެވެ. މިހާތަނަށް ކޮވިޑް 19 ޖެހިފައިވަނީ 88 މީހުންނަށެވެ. އޭގެތެރެއިން 35 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ހަނިމާދޫ ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.


