ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓާއަށް

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހޯމަ ދުވަހުގެރޭ ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗު ފަށައިގެން ސްޕެއިނުން ކްރޮއޭޝިއާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މިއީ ސްޕެއިންގެ ޕެޑްރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން ސްޕެއިނުން ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުގެ 38 ވަނަ މިނެޓުގައި ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕަބްލޯ ސަރާބިއާ އެވެ.

މެޗުގެ ދެވަނަ ހާފުގައި ސްޕެއިނުން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ސެޒާ އަޒްޕިލިކުއެޓާ ވަނީ ލަނޑު ޖަހާ ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި ފެރެން ޓޮރޭސް ވަނީ ސްޕެއިންއަށް އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްދީފައެވެ.

އެކަމަކު މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ކްރޮއޭޝިއާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ސްޕެއިންގެ ހާފަށް ބާރު ބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 85 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މިސްލާވް އޯސިޗް އެވެ. އަދި މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ކްރޮއޭޝިއާގެ މާރިއޯ ޕަސަލިޗް ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގައި ސްޕެއިނުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. އަދި ސްޕެއިނުން ކާމިޔާބު ކުރި ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިކޭލް އޮޔަރްޒަބަލް އެވެ.

މި ނަތީޖާއާއެކު ސްޕެއިނުން ކުއާޓާ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ފްރާންސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ