ހަނިމާދޫ އެއަރޕޯޓަށް އިތުރުކުރާ ބިމާބެހޭ ގޮތުން ކައުންސިލުން މިރޭ މައުލޫމާތު ދެނީ

ހަނިމާދޫ ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ހަނިމާދޫގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ހަނިމާދޫ އެއަރޕޯޓަށް އިތުރުކުރާ ބިމާބެހޭ ގޮތުން ރައްޔިތުންނަށް މައުލޫމަތު ދިނުމުގެ ގޮތުން ބައްދަލުވުމެއް މިރޭ ބޭއްވުމަށް ކައުންސިލުން ނިންމައިފިއެވެ.

ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއްވާގޮތުން ކޮވިޑް މިހާލަތުގައި ހަނިމާދޫ ރައްޔިތުންނަށް މައުލޫމަތު ދިނުމުގެ ގޮތުން މިރޭ 21:00 ގައި ކުލަބުހައުސް މެދުވެރިކޮށް ރައްޔިތުންނާ ބައްދަލުކުރާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބިމާބެހޭ ގޮތުން ގޮތް ނިންމުމަށް ހަނިމާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 07 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާގައި ރިޔާސަތުން ހުށައަޅުއްވާ މައްސަލައެއްގެ ގޮތުގައި ވަނީ ތާވަލް ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ