ސްރީ ލަންކާގެ ކޮލަމްބޯގެ ދެކުނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނީ މިރޭ 8:06 ގައި ކޮލަމްބޯގެ ދެކުނަށް 5.2 މެގްނިޓިއުޑުގެ ބާރު މިނުގައި ބިންހިލުމެއް އައިސްފައިވާ ކަމަށެވެ.
އެ ބިން ހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރުގެ ފުންމިނަށް ކަމަށްވެސް ބުންޏެވެ.
މެޓް އޮފީހުން ބުނީ، މި ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.


