ހަނިމާދޫ ނެގި 55 ރެންޑަމް ސާމްޕަލް ނެގެޓިވް ވިއިރު އިތުރު 2 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ނެގި 55 ރެންޑަމް ސާމްޕަލް ނެގެޓިވް ވިއިރު އިރުރު 2 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވެފައި މި ވަނީ 30 ޖޫން 2021 ގައި ނެގުނު ސާޕަލްތަކުގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު ދެ ސާމްޕަލެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

30 ޖޫން 2021 ވަނަ ދުވަހު 75 ސާމްޕަލް މުޅިޖުމުލަ ނަގާފައިވާކަން ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ތަފާތު ހިސާބުތަކުން ދައްކައެވެ. އޭގެތެރޭން ރެންޑަމް ސާމްޕަލް ގެ ގޮތުގައި 55 ސާމްޕަލެއް ނެގުނުއިރު ހުރިހާ ސާމްޕަލް ތަކެއްވެސް ނެގެޓިވް ވެފައިވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކުރެއެވެ.

މީގެ ކުރިން ވެސް ހަނިމާދޫން ވަނީ ރެންޑަމް ސާމްޕަލް ނަގާފައެވެ. އެއީ 26 ޖޫން 2021 ގައި ރަށު ތެރެއިން ނެގުނު 40 ރެންޑަމް ސާމްޕަލައި 27 ޖޫން 2021 ގައި ނެގުނު 21 ސާމްޕަލެކެވެ. މި ހުރިހާ ސާމްޕަލް ވެސް ވީ ނެގެޓިވް އެވެ.

ހަނިމާދޫގައި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 44 އެވެ. މިހާތަނަށް ކޮވިޑް 19 ޖެހިފައިވަނީ 98 މީހުންނަށެވެ. އޭގެތެރެއިން 54 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް 19 ޖެހިގެން ހަނިމާދޫގައި މިހާތަނަށް މީހަކު މަރުވެފައި ނުވެއެވެ.

ހަނިމާދޫ ވަނީ ޖޫން މަހުގެ ނުވަވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ