ބޮޑުފޮޅަދޫ ކައުންސިލްގެ ފަރާތުން އެރަށުގެ އިސްރަށްވެހީންގެ އަގުވަޒަން ކޮށް ޝަރަފުގެ އެވޯޑްއަރުވައިފިއެވެ.
މިހަރަކަތާއި ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ބޮޑުފޮޅަދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ އަޅުގަނޑުމެންގެ ރަށް، ރަށެއްގެ ގޮތުގައި މިހިސާބަށް ގެނެވުނީ އެބޭފުޅުންގެ ބުރަ މަސައްކަތުން، އެހެންވެ އެބޭފުޅުންގެ ބުރަ ބޮޑު މަސައްކަތު އަގުވަޒަންކޮށް، އަންނަ އޮތް ޖީލުތަކަށް އެކަން އަންގައިދިނުމުގެ މަގުސަދުގައި ހިންގުނު ހަރަކާތެއް ކަމަށެވެ.
“މީހުންގެ އަގުވަޒަން ކުރަންވީ އެމީހުން ދިރިތިއްބައި، މީހުން މަރުވުމަކުން ނޫން” ޝުޖާއު އާދަމް ވިދާޅުވިއެވެ.
މިހަފުލާގައި ދެވުނު އެވޯޑްތަކަށް ބަލައިލާއިރު ރަށްވެހި ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ، ރަށްވެހި ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އެވޯޑް އަދި ރަށްވެހި ހިދުމަތުގެ އެވޯޑް ހިމެނެއެވެ.
އެވޯޑް ތަށް އެރުވުނު ބޭފުޅުން :
- ރަށްވެހި ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ
މި އައްޑަނަ ލިބިފައިވަނީ 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ބޮޑުފޮޅުދޫގައި ވެރިކަން ކުރައްވާ ބޮޑުފޮޅުދޫ އަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮއްދެއްވާ އއ.ބޮޑުފޮޅުދޫ ކުރީގެ ކުޑަކަތީބު އިރުމަތީގޭ އިބްރާހިމް މޫސާއަށެވެ.

- ރަށްވެހި ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އެވޯޑް
މި އެވޯޑް ލިބިފައިވަނީ 14 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމުގެ މަޤާމު ފުރުއްވުމުގެ އިތުރުން ބޮޑުފޮޅުދޫ އަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮއްދެއްވާފައިވާ އއ.ބޮޑުފޮޅުދޫ ނޫމާގޭ އަމީނާ އަލީ އަށާއި އއ.ބޮޑުފޮޅުދޫ ނޫވިލާގޭ ހައްވާ މޫސާއަށެވެ.

- ރަށްވެހި ހިދުމަތުގެ މަތީ ޝަރަފުގެ އެވޯޑް
މި އެވޯޑް ދީފައިވަނީ އ.ތ.މ.ކޮމިޓީގެ މެމްބަރުކަމާއި ،ރ.ކ.ކޮމިޓީ މެމްބަރު ކަމުގެ އިތުރުން ރަށުގެ އިސްސަފުގައި ހަރަކާތްތެރިވެ އިޖުތިމާޢީ ގިނަ ގުނަ ޚިދުމަތްތަކެއް ކޮއްދެއްވާފައިވާ ހަތަރު ފަރާތަކަށެވެ. އެއީ
- އއ.ބޮޑުފޮޅުދޫ ވާރޭވިލާގޭ ، މުހައްމަދު އިބްރާހިމް
- އއ.ބޮޑުފޮޅުދޫ ދެތަނޑިމާގޭ ، މާރިޔަތު މުހައްމަދު
- އއ.ބޮޑުފޮޅުދޫ އެދުރުގޭ ، މޫސާ ހަސަން
- އއ.ބޮޑުފޮޅުދޫ ލަކީސްޓަރ އިބްރާހިމް މުނީރު

- ރަށްވެހި ހިދުމަތުގެ އެވޯޑް
މި އެވޯޑް އެރުވިފައި ވަނީ ރަށަށް އެކި ދާއިރާތަކުން ގިނަ ގުނަ ޚިދުމަތްތަކެއް ކޮއްދެއްވާފައިވާ 15 ފަރާތަކަށެވެ. އެއީ
- އއ.ބޮޑުފޮޅުދޫ ކިނާރާ އަބްދުﷲ ސައީދު
- އއ.ބޮޑުފޮޅުދޫ މުސްތަރީގޭ އަހްމަދު މޫސާ
- އއ.ބޮޑުފޮޅުދޫ ފިނިހިޔާގޭ އަބްދުލް ލަތީފް މޫސާ
- އއ.ބޮޑުފޮޅުދޫ ދެތަނޑިމާގޭ މުހައްމަދު އަހްމަދު
- އއ.ބޮޑުފޮޅުދޫ ދިއްގާމާގޭ މަރްޔަމް ހަސަން
- އއ.ބޮޑުފޮޅުދޫ ހިތައްފިނިވާގޭ ޤާސިމް މޫސާ
- އއ.ބޮޑުފޮޅުދޫ ކަނބުރުގޭ އާދަމް ޤާސިމް
- އއ.ބޮޑުފޮޅުދޫ އާބާދުއައްސޭރި އަބްދުﷲ ހުސައިން
- އއ.ބޮޑުފޮޅުދޫ ފިލިގަސްދޮށުގޭ މާހިރު ޤާސިމް
- އއ.ބޮޑުފޮޅުދޫ ފަތިސްހަނދުވަރުގޭ މޫސާ އާދަމް
- އއ.ބޮޑުފޮޅުދޫ ހުދުވިލާގޭ އާދަމް ނަޝީރު
- އއ.ބޮޑުފޮޅުދޫ ފިތުރޯނުގޭ އިބްރާހިމް އާދަމް
- އއ.ބޮޑުފޮޅުދޫ ހިތައްފިނިވާގޭ އާމިނަތު މޫސާ
- އއ.ބޮޑުފޮޅުދޫ ބަގީޗާގޭ ޒަރީނާ އިބްރާހިމް
- އއ.ބޮޑުފޮޅުދޫ ވާރޭވިލާ ހައްވާ އަބްދުއްރަހީމް

ފޮޓޯ : ބޮޑުފޮޅަދޫ ކައުންސިލް


