ހަނިމާދޫ މަސްޖިދުއް ތަޢުބާ މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އިއުލާންކޮފިއެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ސަރުކާރު ގެޒެޓްގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މަސްޖިދުލް ތަޢުބާގެ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާ ފޯމް ފޮނުއްވައި ދިނުންމަށް އެދޭކަމަށެވެ.
އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ރަޖިސްޓްރީވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މި މަސްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ބޭނުންވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހު 13:00 ގައި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ހަނިމާދޫ ކައުންސިލުން މިފަދައިން އިއުލާން ކޮށްފައިވާއިރު ހަނިމާދޫ މިސްކިތްތައް މަރާމަތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކައުންސިލުން ވަނީ ފަންޑު ފޮށްޓެއްވެސް އިއްޔެ ހުޅުވާފައެވެ. ކައުންސިލް ހުޅުވާފައި ހުންނަ ވަގުތު ތަކުގައި އެފަންޑު ފޮށްޓަށް ފައިސާ ލެވޭނެކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމަތު ދެއްވައެވެ.


