ހަނިމާދޫ އެމްޑީޕީ ކައުންސިލަރުން ވައުދުވި އައުޓްޑޯރ ޖިމަށް ބޭނުންވާ ތަކެތި ހޯދުމަށް ކައުންސިލުން އިއުލާންކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހަނިމާދޫގައި ގާއިމްކުރާ އައުޓްޑޯރ ޖިމަށް ބޭނުންވާ އިކުއިޕްމަންޓްސް އެ އިދާރާއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.
އަދި ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާ ފޯމް ފޮނުއްވުން އެދޭކަމަށާ ރަޖިސްޓްރީ ނުވާ ފަރާތްތަކަށާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ރަޖިސްޓްރީވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހު 10:00 ގައި ހަނިމާދޫ ކައުންސިލުގެ ކޮންފަރެންސް ރޫމްގާ ކަމަށް އެކައުންސިލުން މައުލޫމަތު ދެއްވައެވެ.
ރައްޔިތުން ހިތްހަމަ ޖައްސާލުމަށް މައިޒާންތައް ގާއިމުކުރާނެކަމަށް ބުނެ އައި އައު ކައުންސިލުންވަނީ ރަށުގެ މާލިއްޔަތުން 115975 ރުފިޔާ ހަރަދުކޮށް ނިމިދިޔަ ކައުންސިލުން ހަދާފައިވާ ޕިކްނިކު އެރިޔާ ވާވަން ދޫކޮށްލާފައެވެ.


