ޖުލައި މަހު ކުނީގެ ފީ ހަނިމާދޫ ކައުންސިލުން މާފުކޮށްދީފިއެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމަތު ހިއްސާކުރަވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއް ސައްތާރު ހަސަން ވިދާޅުވީ މިހިނގާ ޖުލައި މަހު ކުނީގެ ފީ ރައްޔިތުނަން މާފުކޮށްދީފައިވާ ކަމަށެވެ.
” ކައުންސިލްގެ 4 ވަނަ ދައުރުގެ 8 ޖަލުސާގައި ކައުންސިލް ހުރީހާ މެންބަރުންގެ އިއްތިފާގުން މި ނިންމީ ޖުލައި މަހުގެ ކުނިފީ މާފުކުރަން” ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ހަނިމާދޫ ވަނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެޔާއެކު ރައްޔިތުންނަން ވަނީ ގިނަގުނަ ތަކުލީފު ތަކާއި ކުރިމަތި ލާންޖެހިފައެވެ.
ކައުންސިލްގެ މި ނިންމެވުމާާއެކު ހަނިމާދޫގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ.


