ކޮޕާ އެމެރިކާ އާއިއެކު މެސީގެ ހުވަފެން ހަޤީގަތަކަށް

ކުޅިވަރު ފަހުގެ

ފައިނަލް މެޗުގައި ބްރެޒިލް ބަލިކޮށް އާޖެންޓީނާއިން 28 އަހަރަށް ފަހު ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ފަތިހު ކުޅުނު ފައިނަލް މެޗުން އާޖެންޓީނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، އެ ގައުމާއެކު ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި މެސީ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ބްރެޒިލުގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ދެ ގައުމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 21 ވަނަ މިނެޓުގައެވެ. ރޮޑްރީގޯ ޑެ ޕޯލް ދިން ރީތި ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އެންހެލް ޑި މާރިއާއެވެ. އޭގެ ފަހުން މި މެޗުގައި ބްރެޒިލުން ނަތީޖާ އެއްވަރުކުރަން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އާޖެންޓީނާގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

މި މޮޅާއެކު އާޖެންޓީނާއިން ކޮޕާ އެމެރިކާ ކާމިޔާބުކުރިއިރު، މި އަހަރުގެ ކުރިން އެ ގައުމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 1993 ވަނަ އަހަރެވެ. އަދި މިއީ އާޖެންޓީނާއިން މި މުބާރާތް ކާމިޔާބުކުރި 15 ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ