ބ.ކިހާދޫ ބަތްޕޮޅި ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބަތްްޕޮޅި ފުޓްސަލް މުބާރާތް 2021 ގެ ފައިނަލް މިއަދު ހަވީރު ކުޅެން ތާވަލުކޮށްފިއެވެ.
މުޅި ޖުމުލަ 5 ޓީމު ވާދަކުރި މިމުބާރާތް ފަށާފައި ވަނީ 04 ޖުލައި 2021 ގައެވެ. ނަމަވެސް އަމިއްލައަށް “ކެޓަގަރީ އެފް ސީ” އިން ވަނީ މުބާރާތުން ވަކިވެފައެވެ. އެއީ 6 ޖުލައި 2021 ގައެވެ.
އެފް ސީ ކޯވަރެއް މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ލީގުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޓީމް ސަތަރި ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ބެސްޓީސް ޓީމުގެ މައްޗަށް 02-06 އިން ކުރި ހޯދައިގެނެވެ.
މިއަދު ކުޅޭ ފައިނަލް މެޗު ބަތްޕޮޅި ސްޕޯޓްސް ކްލަބު ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި އެއްވެސް ވަރަކަށް ސިންގަލް ޔޫސް ޕުލާޓިކް ބޭނުން ނުކުރެވެ. އަދި ހުރިހާ ޓީމަކަށް ބިލޫރި ފުޅިވެސް ވަނީ ބަތްޕޮޅި ސްޕޯޓްސް ކްލަބުގެ ފަރާތުން ހަދިޔާ ކޮށްފައެވެ.


