ކިހާދޫ ބަތްޕޮޅި ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބަތްްޕޮޅި ފުޓްސަލް މުބާރާތް 2021 ގެ ފައިނަލް އަންގާރަ ދުވަހު ހަވީރު ކުޅެފިއެވެ. މިމެޗް ޝަރަފުވެރި ކޮއްދިނީ ކިހާދޫ ކައުންސިލްގެ ރައީސްއެވެ.
ފައިނަލް މެޗްގައި ޓީމް ސަތަރި ބަލިކޮށް އެފް ސީ ކޯވަރެއް މޮޅުވީ 6-2 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ހާފް ކުޅެ ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެޓީމުވެސް ހަމަހަމަވެގެންނެވެ. ފައިންލަ މެޗްގެ އެއްމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް ސީ ކޯވަރޭގެ ޖާރޒީ ނަންބަރު 07 މުޙައްމަދު އަޔާޒްއެވެ.

މިމުބާރަތުގެ ޓޮޕް ފައިވް ކުޅުންތެރިންގެ ގޮތުގައި ހޮވުނީ ޓީމް ސަތަރީގެ ޖާރޒީ ނަންބަރު 1 އިބްރާހީމް އައިހަމް، ޓީމް ސަތަރީގެ ޖާރޒީ ނަންބަރު 2 ހުސެއިން ވަހީދު، އެފް ސީ ކޯވަރެއްގެ ޖާރޒީ ނަންބަރު 13 ޖުމައިލް ޖަމީލް، އެފް ސީ ކޯވަރެއްގެ ޖާރޒީ ނަންބަރު 7 މުޙައްމަދު އަޔާޒް އަދި ބެސްޓީސްގެ ޖާރޒީ ނަންބަރު 7 އަޙްމަދު އާހިލްއެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ބެސްޓީސްގެ ޖާރޒީ ނަންބަރު 7 އަޙްމަދު އާހިލްއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް ސީ ކޯވަރެއްގެ ގެ ޖާރޒީ ނަންބަރު 13 ޖުމައިލް ޖަމީލްއެވެ.


