6000 ކިލޯގެ އޫރުމަސް ނައްތާލައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އޫރުމަސް ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި ނައްތާލީ މި މަހުގެ 10 ވަނަ ދުވަހާއި 13 ވަނަ ދުވަހު ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި އޫރުމަހާއި ބަނގުއާވިއެވެ. އެގޮތުން ބަނގުއާވި ހިމެނޭ 300 ކެގްސް އާއި 10،860 ދަޅު ނައްތާލާފައިވާ ކަމަށް ކަސްޓްމްސް އިން ބުނެއެވެ. އަދި 6،644.81 ކިލޯގެ އޫރުމަސް ހުރި 458 ކޭސް ވެސް ނައްތާލާފައިވާ ކަމަށް ބުނެފައިވެއެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މި ނޫންވެސް ސަބަބަކާ ހުރެ ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ