ތަސްވީރެއް ކިޔައިދޭ ވާހަކައެއް، ބޮޑުން އަންނަން ދޫލަ އަޅަން ޖެހެޔެވެ.

ހަނިމާދޫ އިޖުތިމާޢީ ފަހުގެ

މަތީގައި އެވަނީ ހަނިމާދޫގެ 200 ވަރަކަށް މުއައްޒަފުން ރެޔާއި ދުވާލު ދަތުރު ކުރާ މަގެކެވެ. އެމަގު އެއްވަރު ކުރަން ކުރާ މަސައްކަތް ދައްކުވައިދޭ ތަސްވީރެކެވެ.

އެ މަގުގައި ހެދިފައިވާ ވަޅުތަކުން އޮށް ގޮޑި ވަޅުބައެއް ސައިކަލާއި ބައިސްކަލް އަދި ހަނިމާދޫގައި ގެންގުޅޭ އެންމެހާ ވެހިކަލްތައް ދުވާލަކު އެތައް ފަހަރަކު ދަތުރު ކުރެވެ. އޭރުވެސް އާލާތްތައް ހުއްޓެވެ. އެއްވަރު ކޮށްލާކަށް ވިސްނުމަކަށް ނައެވެ. އެވެހިކަލް ތަކަށް ވާނެ ގެއްލުމެއް ވާންވީއެވެ. އެކަމާ ކަންބޮޑުވާ ވެރިއެއް ހުރިހެން ހިއެއްނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދެން ކުއްލިއަކަށް މަގު އެއްވަރު ކުރަން ވެއްޖެއެވެ. ވީކިޔެއްތޯ ބަލާލީމެވެ. މާދަން ގައުމުގެ ވަލިއްޔުލް އަމުރާ ބައެއް ބޮޑުން އަންނަނީޔޯލައެވެ.

މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުން އަންނަވެސް މިހެން ކަންތައް ކުރިއެވެ. އޭރު އެކަމާ ހަޖޫ ޖެހިމީހުނަން ބާރާއި އާރު ލިބުމުން މިއަދު މިއަޅަނީ ހަމަ ރަތް ކާޕެޓް ނޫންހެއްޔެވެ. ފެންނަން އޮތް ބޮޑު ހަގީގަތެއް މިފޮރުވަނީ ރައްޔިތުންނަން ހައްގު ވާމިންވަރު ލިބިދާނެތީހެއްޔެވެ. ނުވަތަ މަގަށް ދާއިމީ ހައްލެއް ލިބެން ނޭދޭތީ ހެއްޔެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ