ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ހދ އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ކުޅުދުއްފުށި ސިޓީ އަށް ވަޑައިގަންނަވައިފިއެވެ.
ކުޅުދުއްފުށިން ރައީސްއަށް މަރުހަބާ ދެންނެވީ މޭޔަރ މުޙައްމަދު ޢާޠިފް އަދި ސިޓީ ކައުންސިލްގެ މެންބަރުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވި ވަގުތު އެ މަނިކުފާނު އިސްތިއުފާއަށް ގޮވައި އިދިކޮޅު ފަރާތްތަކުން އެއާޕޯޓް ސަރަހައްދުގައި އިހުތިޖާޖުކޮށްފައިވެއެވެ.


