ހަނިމާދޫ ކައުންސިލުން އެއްގަމު ލައިސަންސް އާކުރުމަށް ފުރުސަތު ހުޅުވާލައިފި!

ހަނިމާދޫ ޚަބަރު ފަހުގެ

އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ މުއްދަތު ހަމަވެ ނުވަތަ ގެއްލިގެން، ހަލާކުވެގެން، ލައިސަންސް އާކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ. ހަނިމާދޫ ކައުންސިލުން 30 ޖޫން 2020 ގައި އާއްމު ކޮށްފައިވާ އިޢުލާންގައި ބުނާގޮތުން ލައިސަންސަށް އާކުރުމަށް އެދޭ ފަރާތްތަކުން 07 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށައަޅަން ޖެހެއެވެ.

ލައިސަންސް އާ ކުރުމަށް ހުށައަޅާ އެލް.އެލް1 ފޯމް ފުރިހަމަ ކުރުމުގައި ޕޮލިސް ސާރވިސްއިން ފުރިހަމަ ކުރަންޖެހޭބައި ފުރިހަމަ ނުކުރިކަމުގައިވިއަސް އެންމެ ރަނގަޅުކަމަށް އެ އިޢުލާންގައިވެއެވެ. ފޯރމްގެ އިތުރުން ނެގިފަހުން 3 މަސް ހަމަ ނުވާ ޕާސްޕޯޓް ސައިޒުގެ ފުޓޯއަކާއި 50 ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް ހުށައަޅަން ޖެހެއެވެ. އަދި މީގެ އިތުރުން ކާޑުހެއްދުމަށް ބޭނުންވާ ތިންސަތޭކަ ފަންސާސް ރުފިޔާއާއި އައި.ޑީ ކާޑާއި ލައިސަންސް ކާޑުގެ ފޮތުގެކޮޕީއެއް ހުށައަޅަންޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެންއަތޮޅެއްގެ ބޭފުޅެއްނަމަ “ރަށުގެ ރަށްވެއްސަކުނޫން މީހަކު ދިރިއުޅެމުންދާކަމުގެ ލިޔުން” ހުށައަޅަން ޖެހެއެވެ.

ކޮވިޑް 19 އާއިއެކު ސަރުކާރު ބަންދުވުމާއި ގުޅިގެން ވަރަށްގިނަ ފަރާތަކުންވަނީ ލައިސަންސް ކާޑާއި އައި.ޑީ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް މުއްދަތު ހަމަވެ އާކުރެވޭނެ ގޮތް ނެތިފައެވެ. އެހެން ނަމަވެސް މިހަމުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައި.ޑީ ކާޑުތައް ބޭނުންކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ