ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައިވަނީ އައިއެސް ޖަމާއަތުގެ ފިކުރުގެ މީހުން ކަމަށް ފުލުހުން ބުނެފިއެވެ.
ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުالله ރިޔާޒް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ރޭވީ އެމަނިކުފާނަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށާއި އެއާއެކު އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް އަމިއްލައަށް ނިންމައިގެން ކަމަށެވެ.
އަދި މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުންނަކީ އައިއެސް ފިކުރަށް ތާއީދުކުރާ މީހުން ކަމަށް ރިޔާޒު ވިދާޅުވިއެވެ. އެގޮތުން އެމީހުން ދިވެހި ދައުލަތް ގަބޫލުނުކުރާ ކަމަށާއި އެ މީހުން ދެކެނީ ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


