ހަނިމާދޫ ޕިކްނިކް އޭރިޔާ މާދަމާ ހުޅުވަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގެ ރައްޔިތުން މޫދަށް އެރިލާ، ބާބެކިއު ހަދާލާ، ހިތް އުފާކޮށްލުމަށް ޓަކައި ރައްޔިތުންގެ މާލިއްޔާއިން ޚަރަދު ކޮށްގެން ހަދާފައިވާ ޕިކްނިކް އޭރިޔާ މާދަމާ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ރައްޔިތުންގެ މާލިއްޔާއިން 115975 (އެއްލައްކަ ފަނަރަ ހާސް ނުވަސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ޚަރަދު ކޮށްގެން ހަނިމާދޫގެ ދެކުނު ފަރާތު އަތިރިމަތީ ސަރަހައްދުގައި ތަރައްޤީ ކޮށްފައިވާ މި ޕިކްނިކް އޭރިޔާގައި ބާބެކިއު ސްޓޭންޑް ތަކާއި ހަޓްތައް ހެދިފައި ވެއެވެ. އަދި މޫދަށް އެރިލާ ފެންވަރާލާ ހެދުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައި ހުރެއެވެ. އަދި ރޭގަނޑު އެ ސަރަހައްދު އަލި ކުރުމަށް ލައިޓް ވެސް ހަރުކޮށްފައި ހުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ކައުންސިލުން އިސްނަގައިގެން މިހާރު އެތަން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، “ގޮށްކޮޅަށް” މަޢުލޫމާތު ހިއްސާ ކުރަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވެފައިވަނީ 26 ޖުލައި 2021 ވާ ހޯމަ ދުވަހު ހަވީރު 16:15 ގައި އެ އޭރިޔާ ހުޅުވުމުގެ ރަސްމިއްޔާތު އެތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސައްތާރު އިތުރަށް ވިދާޅުވެފައި ވަނީ އެ ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ ސަރަހައްދުގައި މާދަމާ ކުޅިވަރު ހަރަކާތްތަކެއްގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި ބާބެކިޔުއެއްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސައްތާރު ވަނީ މާދަމާގެ މި ހަރަކާތަށް ހަނިމާދޫގެ ކުދިބޮޑު އެންމެންނަށް ދަޢުވަތު އަރުވާފައެވެ.

ރައްޔިތުން ހިތްއުފާ ކޮށްލުމަށް މިފަދަ މުހިންމު ތަނެއް ހަދައި ހުޅުވިގެންދާއިރު އެތަން ދެމެހެއްޓެނިވި ގޮތެއްގައި ގިނަ ދުވަސްތަކަކަށް ބޭނުން ކުރެވޭނީ އެތަން ބޭނުންކުރާ ފަރާތްތަކުން އެތަންތަން ބޭނުން ކުރުމަށް އެކުލަވާލެވިފައި ހުންނަ އުސޫލުތަކަށް ތަބާވެގެންނެވެ. ވުމާއެކު ޕިކްނިކް އޭރިޔާ ބޭނުން ކުރުމުގައި ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމުގެ އުސޫލު އެ ސަރަހައްދުގައި ފެންނަ ގޮތަށް ބެހެއްޓިފައި ހުރުމަކީ މުހިންމު ކަމެކެވެ.

މި ޕިކްނިކް އޭރިޔާ ވަނީ ކައުންސިލުން އެދުނު ހުރިހާ ކަމެއް ފުރިހަމަކޮށް އެތަން މިދިޔަ އޭޕްރިލް މަހުގެ ކުރީކޮޅު ކައުންސިލާ ޙަވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ