މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިޔާތަށް ހަނިމާދޫއިން ފިނި ތަރުހީބެއް

ހަނިމާދޫ ޚަބަރު ފަހުގެ

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިޔާތަށް ހަނިމާދޫއިން ލިބުނީ ފިނި ތަަރުހީބެކެވެ.

ހަނިމާދޫގައި ކުރިޔަށްދިޔަ ދިދަނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނަގައި ދެއްވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަންއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ހަނިމާދޫ ކައުންސިލްގެ 5 މެންބަރުންނާއި އަންހެނުން ކުރިއަރުވާ ކޮމެޓީގެ އަމިއްލަ މެންބަރުގެ އިތުރުން ކައުންސިލްގެ އިދާރީ މުވައްޒަފުން ކޮޅެކެވެ.

މި ރަސްމިއްޔާތުގައި އަންހެނުން ކުރިއަރުވާ ކޮމެޓީގެ އެމްޑީޕީގެ 4 މެންބަރުން ބައިވެރި ވެފައިނުވެއެވެ. އޭގެތެރޭގައި ކޮމެޓީގެ ރައިސާ އަދި ނައިބު ހިމެނެއެވެ. މިދެބޭފުޅުންވެސް ނިސްބަތް ވަނީ ވެރިކަންކުރާ އެމްޑީޕީއަށެވެ.

މިރަސްމިއްޔާތަށް ދައުވަތު ދީފައިވަނީ ހަނިމާދޫ ކައުންސިލް ފޭސްބުކް މެދުވެރިކޮށެވެ. އެދައުވަތުގައި ވަނީ ” މި އަހަރުގެ މިނިވަންދުވަސް ފެށުމަށްޓަކައި ބޭއްވޭ ދިދަނެގުމުގެ ރަސްމިއްޔާތަށް 26 ޖުލައި 2021 ވަނަ ދުވަހުގެ ފަތިހު 05:50 އަށް ކައުންސިލް އިދާރާއަށް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. މި ގޮތަށް ދައުވަތު ދިނުމުން އިތުރު އެއްވެސް ފަރާތަކަށް ވަކިން ދައުވަތު ދިނުމެއް ނޯންނާނެ ވާާހަކަ ދަންނަވަމެވެ.” މިހެންނެވެ.

ހަނިމާދޫ ކައުންސިލް ޕޭޖް ފޮލޯ ކުރާ އަދަދު 500އަށް ވެސް ނާރައެވެ. ހަމަ އެހެންމެ، ސަރުކާރުގެ ގިނަ މުވައްސަސާތަކެއް ހަނިމާދޫގައި ހުރިއިރު، އެފަދަ ތަންތަނުގެ ބައިވެރިވުން މިފަދަ ހަރާކާތެއްގައި އޮތުން މުހިއްމެވެ. އެފަދަ ތަންތަނަށާއި ވެރިންނަށް ރަސްމީކޮށް ދައުވަތު ދިނުނުމުން، ރަސްމިއްޔާތަށް ހާޒިރުވުމުގެ ބާރަކަށް އެކަން ވާނެއެވެ. އަދި އެއީ ޕްރޮފެޝަނަލް ގޮތެވެ. އެހެންކަމުން މިއީ މިފަދަ ގައުމީ ކަމަކަށް ދައުވަތުދޭން އެންމެ އެކަށީގޮތް ބާވައެވެ؟

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ