ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ހަނިމާދޫ ތަރައްޤީގެ ޕްލޭން ހެދުން 28، 29 ދުވަހު އިޖްތިމާޢީ މަރުކަޒުގައި

ހަނިމާދޫ ޚަބަރު ފަހުގެ

ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ހަނިމާދޫ ތަރައްޤީގެ ޕްލޭން ހެދުން 28، 29 ދުވަހު އިޖްތިމާޢީ މަރުކަޒުގައި ބާއްވަން ތާވަލު ކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން އިއްޔެ ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކޮށްފައިވާގޮތުން ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ހަނިމާދޫ ތަރައްޤީގެ ޕްލޭނާއި، ލޭންޑްޔޫސް ޕްލޭން ތައްޔާރު ކުރުމަށްޓަކައި، ބޭނުންވާ މައުލޫމާތު އެއްކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފޯރަމް 2021 ޖުލައި 28 ން 29 ޖުލައި އަށް ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިގޮތުން 28 ޖުލައި 2021 ބުދަ ދުވަހުގެ ހެނދުނު 08:00 ން 12:00 އަށް އަންހެން ބޭފުޅުނަށް ޚާއްސަކޮށް ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބައްދަލުވުން ކުރިޔަށް ދާއިރު 29 ޖުލައި 2021 ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 ން 12:00 ށް ފިރިހެން ބޭފުޅުންނަށް ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބައްދަލުވުން އޮންނާނެއެވެ.

އަދި 29 ޖުލައި 2021 ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:30 ން 22:30 އަށް ފައިނަލް ރިޕޯޓް ނިންމުމަށްޓަކައި ހުރިހާ ބޭފުޅުން ޝާމިލްވާގޮތަށް ފޯރަމް ކުރިޔަށް ގެންދާނެއެވެ.

މިބައްދަލުވުން ތަކުގައި ވީހާވެސް ގިނަ ރައްޔިތުން، ބައްދަލު ވުންތަކަށް ކަނޑައެޅިފައިވާ ވަގުތުގައި ބައިވެރިވެ ވަޑައިގަތުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާކަމަށް ހަނިމާދޫ ކައުންސިލުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ