ވޭތުވެ ދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ 59 ޕަސަންޓް އިތުރުވެއްޖެ

ޚަބަރު ފަހުގެ

މި އަހަރުގެ ޖޫން މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާންދަނީ 59 ޕަސަންޓް އިތުރުކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 156 މިލިއަން ރުފިޔާއެވެ. އަދި މިއަހަރުގެ ޖޫން މަހު 247 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަލާކިޔާއިރު 59 ޕަސަންޓު އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫން މަހާ އަލާބަލައިރު، މި އަހަރުގެ ޖޫން މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުވެސް ވަނީ ބޮޑުތަކުން އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައި ވާއިރުު، މި އަހަރު 3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ. އެއީ 44 ޕަސަންޓު އިތުރުވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާން އިންނެވެ. އެގޮތުން، އޮމާންއިން 490 މިލިއަން ރިފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ ޗައިނާއިން އެތެރެކޮށްފައި ވާއިރު، ދެން އެންމެ ގިނައިން މުދާ އެތެރެކުރީ ސިންގަޕޫރުންނެވެ.

އެގޮތުން، ޗައިނާއިން 391 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ސިންގަޕޫރުން 354 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ.

އޭގެ އިތުރުން، ވޭދުވެދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މަދުލުގެ އަގުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖޫން މަހު ރާއްޖެއިން 228 މިލިއަން ރުފިޔާގެ މުދަ އެކްސްޕޯޓް ކޮށްފައި ވެއެވެ. އެއީ މިދިޔަ އަރަޖުގެ ޖޫން މަހާ އަޅާބަލާއިރު 3 ޕަސަންޓު އިތުރުވުމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ