ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި

ޚަބަރު ފަހުގެ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވާ، އެ މިނިސްޓްރީން މިއަދު ނެރުނު ގަރާރެއްގައި ބުނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުކަމާއެކު ކޮވިޑު އަދިވެސް ފެތުރުމުގެ ނުރައްކާ އޮތުމުން، ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި އިއުލާން ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލަން ނިންމާފައި ވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ ކުރިން އެ މުއްދަތު ހަމަވާގޮތަށް އޮތީ މިއަދަށެވެ.

ރާއްޖޭގައި ހިއްސީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ކޮވިޑު ހާލަތު ހޯސްވުމުގެ ނުރައްކާ އޮތުމުން އެ މުއްދަތު ދެމެހެއްޓުމަށް އެތައް ފަހަރެއްގެ މަތިން ނިންމިއެވެ.

މުއްދަތު އިތުރުކުރުމާއެކު މިނިސްޓަރު ނަސީމް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓާ ޖެނެރަލް ފޮލް ޕަކްލިކް ހެލްތައް އަންގަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ