ހަނިމާދޫ އައު ދޮޅިދާންގޭގައި ނުނިމި ހުރިކަންކަން ނިންމާދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން އިއްޔެ ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އަލަށް ޢިމާރާތް ކޮށްފައިވާ ދޮޅިދާންގޭގައި ހިނަވާ އަށްޓެއް ހެދުމާއި، ހިނަވާގެ ނަރުދަމާއާއި ގުޅާލުމާއި މިސްކިތުން މަގު ހުރަސްކޮށް ފެންހޮޅިއެއް އެޅުމަށް ބޭނުންވާތީ މި މަސައްކަތްތައް ކުރުމަށް ދެވޭ މަޢުލޫމާތުތަކާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2021 އޯގަސްޓް 11 ވަނަ ދުވަހުގެ 11:00 އަށް ހަނިމާދޫ ކައުންސިލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްށެވެ.

އަދި ސައުގުވެރިވާ ފަރާތަކުން 2021 އޯގަސްޓް 17 ވާ އަންގާރަ ދުވަހުގެ 10:00 އަށް ހަނިމާދޫ ކައުންސިލަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެ ކައުންސިލުން އެދެއެވެ.
މީގެ އިތުރުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެކަމަވެސް ހަނިމާދޫ ކައުންސިލް ގެ އިޢުލާނުގައި ވެއެެވެ.
މި ހިނަވާގެއަކީ ހދ. އަތޮޅު ކައުންސިލާއި، ހަނިމާދޫ ކައުންސިލް ގުޅިގެން އަޅާފައިވާ ދޮޅިދާންގެއެކެވެ. މިތަނުގެ ބިންގާ އަޅާފައިވަނީ 2019 ވަނައަހަރު އޮކްޓޯބަރ ދެވަނަ ދުވަހުއެވެ.



