ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ 6 ވަަނަ ދުވަހުގެރޭ ބޮމެއް ގޮއްވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ފާތިހުގެ މައްޗަށް ދައުވާއެއް ކުރެވެން ނެތްކަމަށެވެ. ޕީޖީ ވިދާޅުވީ، ދައުވާ ކުރަން ފޮނުވަނީ އެ ދާއުވާއެއް ސާބިތުވާ ވަރަށް ހެކި ހުރެގެން ކަމަށެވެ. ފާތިހުގެ ތަހުގީގުގައި އޭނާގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި ނެތް ކަމަށް ޕީޖީ ޝަމީމު ވިދާޅުވިއެވެ.
ފާތިހު ހައްޔަރުކޮށްފައިވަނީ، ބ. ދަރަވަންދޫންނެވެ. ހައްޔަރުކުރުމުން އޭނާއަކީ ފުލުހުންގެ އިންޓެލިޖެންސްގައި ވެސް މަސައްކަތްކުރި މީހެއްކަން ވަނީ އެނގިފައެވެ


