ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާން އަދިވެސް ނުލިބޭ

ޚަބަރު ފަހުގެ

މެއި ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގައި، އެމަނިކުފާނުގެ ބަޔާން އަދިވެސް ނުލިބޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ބަޔާން ލިބިފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ ބަޔާން އަދި ލިބިފައި ނުވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ރައީސް ނަޝީދުގެ ބަޔާނެއް އަދި ނުލިބޭ އަޅުގަނޑުމެންނަކަށް. އަޅުގަނޑު އުންމީދުކުރަނީ އެ ބަޔާން ލިބޭނެ ކަމަށް.” ޕީޖީ ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވި އަދުހަމް ރަޝީދު ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އިތުރު މީހުން އެފަދައިން ކަންތައް ކުރަން ޝައުޤުވެރިކަން ނުބަހައްޓާތޯ ސުވާލު ކުރުމުން ޕީޖީ ވިދާޅުވީ، މި މައްސަލައިގައި އިތުރު މީހުން ވެސް އިއުތިރާފުގެ އެއްބަސްވުމަކަށް ދާން ޝައުޤުވެރިކަން ފާޅު ކޮށްފައި އެބަހުރި ކަމަށެވެ.

“އަޅުގަނޑުމެން އެ މަޝްވަރާތައް އެބަ ކުރިއަށް ގެންދަން. އަޅުގަނޑުމެން މި ވާހަކަތަށް ދައްކަނީ އަޅުގަނޑު ވެސް އިނގެދެން، އަދި ތުހުމަތު ކުރެވޭ ފަރާތުގެ ވަކީލު ވެސް އިނދެގެން އެއްވެސް، ހާމަކަން ބޮޑު ގޮތެއްގައި” ޕީޖީ ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރާއެކު އެއްބަސްވުމަކާ ހަމައަށް އައުމުގެ ފުރުސަތު އޭގެން ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ