ހަނިމާދޫ ތަރައްޤީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭނަށް މަސްވެރިންނާއި ދަނޑުވެރިންގެ ފަރާތުން މަޢުލޫމާތު އެއްކުރުން މިމަހުގެ 5 ވަނަދުވަހަށް ތާވަލުކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާގޮތުން ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ހަނިމާދޫ ތަރައްޤީގެ ޕްލޭނާއި، ލޭންޑްޔޫސް ޕްލޭން ތައްޔާރު ކުރުމަށްޓަކައި، މަސްވެރިންނާއި ދަނޑުވެރިންގެ ފަރާތުން ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން 2021 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދެވޭނެކަމަށެވެ.
އަދި މި ބައްދަލުވުމުގައި މަސްވެރިންނާއި ދަނޑުވެރިން ވާހާ ގިނައިން ބައިވެރިވެ ވަޑައިގެން ދެއްވެވުމަށް ހަނިމާދޫ ކައުންސިލުން އެދެއެވެ.
މީގެ ކުރިވެސް ވަނީ ހަނިމާދޫ ތަރައްޤީގެ ޕްލޭނާއި، ލޭންޑްޔޫސް ޕްލޭން ތައްޔާރު ކުރުމަށްޓަކައި، ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޖުލައި 28 ން 29 ދެ ދުވަހު ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ.


