ހަނިމާދޫ މަސްޖިދުލް ތައުބާ މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާނީ ހަނިމާދޫ މަސްޖިދުއް ތައުބާ މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 05 ޖުލައި 2021 ވަނަ ދުވަހު ކުރި މި ކައުންސިލްގެ ނަންބަރު (IUL)258/2021/38 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އަލުން އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެހެން ކަމުން ހަނިމާދޫ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ތައުބާ މިސްކިތުގެ މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮގަސްޓް 2021 ވަނަ ދުވަހުގެ 13:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް ފޯމް ފޮނުއްވައި ދިނުން ހަނިމާދޫ ކައުންސިލުން އެދެއެވެ.
އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކަށާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ރަޖިސްޓްރީވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަވެސް އެ ކައުންސިލުން ބުނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހު 13:00 ގައި ހަނިމާދޫ ކައުންސިލު ކޮންފަރެންސް ރޫމްގައެވެ.


