ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުއާވިތަކެއް ނައްތާލައިފިއެވެ.
ކަސްޓަމްސްއިން ބުނީ އެ ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުއާވިތަކެއް ނައްތާލައިފައިވާ ކަމަށެވެ. މި ތަކެތި ނައްތާލާފައިވަނީ މި މަހުގެ 03 ވަނަ ދުވަހުގައި ކ.ތިލަފުށީ ސައިޓްގައި ކަސްޓަމްސްގެ އޮފިސަރުންނާއި، މީޑިއާގެ ހާޒިރުގައެވެ.
އެ ގޮތުން ބަނގުއާވި ހިމެނޭ 375 ކެގްސް ނައްތައިލައިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މިއީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ނައްތައިލުމުގައި ކަސްޓަމްސްްއިން ޢަމަލުކުރާނެ އުސޫލުގެދަށުން ނައްތައިލެވުނު ތަކެތިކަމަށް ކަސްޓަމުން ބުންޏެވެ.


