ވެކްސިން ޖެހުމަކީ ﷲ އާ ވަކީލުކުރުމާ ތަޢާރުޟުވާ ކަމެއް ނޫންކަމަށް ހުކުރު ހުތުބާގައި ބުނެފި

ފަހުގެ ދީން

ވެކްސިން ޖެހުމަކީ ﷲ އާ ވަކީލުކުރުމާ ތަޢާރުޟުވާ ކަމެއް ނޫންކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނީ ބަލިބައްޔާމެދު ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަބަބުތަކުގައި ހިފުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދ މި ދަނޑިވަޅުގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަހުން ސަލާމަތްވުމަށް ސިއްހީ މާހިރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބި، އާންމު ދިރިއުޅުމަކަށް ދެވޭނީ ވެކްސިން ޖަހައިގެން ކަމަށް ވެސް ޚުޠުބާގައި ވަނީބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން، ހުކުރުޚުޠުބާގައި ވަނީ ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށާއި، އަދި ސަބަބުތަކުގައި ހިފުމަކީ އެއްވެސް ހާލެއްގައި ﷲ އާ ވަކީލު ކުރުމާ ތަޢާރުޟުވާ ކަމެއް ނޫންކަމަށެވެ،

އަދި ރަސޫލާ ހިޖުރައިގެ ދަތުރު ފެއްޓެވީވެސް ރައްކާތެރިކަމުގެ ގޮތުން އަޅުއްވަން ޖެހިވަޑައިގަންނަވާ ހުރިހާ ފިޔަވަޅެއް އަޅުއްވައިގެން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުތުބާގައި ބޮޑަށް އަލިއަޅިވާލާފައި ވަނީ ނަބަވީ ހިޖުރައަށެވެ. އެގޮތުން، ހުތުބާގައި ވަނީ ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު، ފުރަތަމަ ފަހަރަށް މަދީނާގައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެން ދިޔަ ކަމަށެވެ. އަދި ހިޖުރަ ކުރެއްވުމަށް ފަހު އަޝޫރާ ދުވަހުގެ ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވި ކަމަށާއި، އެ ދުވަހުގެ ރޯދަ ހިފުމަކީ ސުންނަތްވެގެން ވަ ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ