އައްސޭރި ޖަލާއި، މާފުށީ ޖަލުން ގިނަ ޢަދަދެއްގެ ފޯނާއި، ވަޅިތަކެއް އަތުލައިގެންފި

ޚަބަރު ފަހުގެ

އައްސޭރި ޖަލާއި، މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލައިގެންފިއެވެ.

ުކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިރޭ ވިދާޅުވީ އައްސޭރި ޖަލާއި، މާފުށީ ޖަލުގައި ވަނީ ކައިރިކައިރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ގޮތުން ޖަލަށް ވެއްދުން މަނާތަކެތީގެ ތެެެރެއިން ގިނަ ޢަދަދެއްގެ ތަކެތި އަތުލައިގެންފައިވާކަމަށް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

”މިއަދާއި ހުސްވި ހަފްތާގައި އައްސޭރިޖަލާއި މާފުށީ ޖަލުގައި ވަނީ ކައިރިކައިރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވިފައި. މި އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ މަނާތަކެތި ވަނީ އަތުލައިގަނެވިފައި. މި މައްސަލައަށް ދާއިމީ ހައްލު ހޯދެންދެން، އަވަސްއަވަހަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދެވޭނެ.“ އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

އަތުލައިގަތް ތަކެތީގެތެރޭގައި ގިނަ ޢަދަދެއްގެ ފޯނު ހިމެނޭއިރު، ވަޅިފަދަ ސާމާނު ވެސް ހުއްޓެވެ.

ހަމައެހެންމެ ހުސްވިމަހުގެ 27 ވަނަ ދުވަހުގެރޭ އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް ވެއްދުމަށްޓަކައި ޕޮޓުކޮއްފައިވާ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

ހުސްވި މަހުގެ 29 ވަނަ ދުވަހުގައި އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތް ނިމުމުން ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އަޙްމަދު މުޙައްމަދުފުޅު ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ