އެޗްޑީސީ އިން ތިލަފުށީގައި ކުރަމުންދާ ބައެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް ނައިބު ރައީސް ތިލަފުށްޓަށް ޒިޔާރަތްކުރައްވައިފި

ޚަބަރު ފަހުގެ

ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު މެންދުރުފަހު ތިލަފުށްޓަށް ޒިޔާރަތްކުރައްވައިފިއެވެ

ނައިބު ރައީސްގެ މި ދަތުރުފުޅަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ ) އިން ތިލަފުށީގައި ކުރަމުންދާ ބައެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ގޮތުން ތިލަފުށްޓަށް ވަޑައިގެން އެ މަނިކުފާނު ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާއި ގުޅޭ ޕްރެސެންޓޭޝަނެއް ބައްލަވައިލައްވައި އެކަމާގުޅޭ މަޢުލޫމާތު ސާފުކުރައްވާފައެވެ.

ހަމައެހެންމެ އެ މަނިކުފާނު ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ހިއްކާ ސަރަހައްދު ވެސް ބައްލަވައިލައްވާފައެވެ. އެޗްޑީސީން އެމްޓީސީސީއާއި ހަވާލުކޮށްގެން ތިލަފުށީ ދެވަނަ ފިޔަވަހީގައި 127 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ އެއްގޮތަށެވެ.

ނައިބު ރައީސް ވަނީ ތިލަފުށީގައި އެޗްޑީސީން ޤާއިމުކޮށްފައިވާ ކެމިކަލް ގުދަންތަކާއި، އެމްޓީސީސީގެ އޮފީސް ސަރަހައްދާއި، ޑޮކްޔާޑެއް ވެސް ބައްލަވައިލައްވާފައެވެ.

މާލޭގައި ކެމިކަލް ގުދަނެއް ގޮވައިގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލޭ ސަރަހައްދުގެ ކެމިކަލް ގުދަންތައް ވަނީ ތިލަފުއްޓަށް ބަދަލުކޮށްފައެވެ. އެ ގޮތުން ތިލަފުށީގައި އެޗްޑީސީން ހިންގާ ކެމިކަލް ގުދަނުގައި 34 ޔުނިޓް ވަނީ ޤާއިމުކޮށްފައިވާއިރު، މި ގުދަނުގެ ޔުނިޓްތަކަކީ އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ޔުނިޓްތަކެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ