ކިޔެވުން ފަށާއިރު ހުރިހާ ސްކޫލުތަކަކަށް މުދައްރިސުން ހަމަވާނެ: އެޑިއުކޭޝަން

ޚަބަރު ފަހުގެ

މި މަހުގެ 10 ވަނަ ދުވަހުގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ހުރިހާ ސްކޫލުތަކަކަށް މުދައްރިސުން ހަމަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު މުޖާހިދު ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު އެއްވެސް ސްކޫލެއްގައި ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށާއި، އެ ގޮތުން ސްކޫލުތަކަށް ބޭނުންވާ މުދައްރިސުން މިހާރު ހަމަވެފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަމައެއާއެކު މުދައްރިސުން އިތުރުކުރުމުގެ މަސައްކަތް އަދިވެސް ކުރައްވަމުން ގެންދަވާކަމަށް މުޖާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެކްސިން ފުރިހަމަކޮށްގެން ބޭރުން އަންނަ މުދައްރިސުންގެ ތެރެއިން ކިޔެވުން ފެށޭއިރު ކަރަންޓީނުގައި ތިބި މުދައްރިސުންނަށް އޮންލައިންކޮށް ކިޔަވައިދެވޭނެ އިންތިޒާމުތައް ވެސް މިހާރު ހަމަޖައްސަވާފައިވާ ކަމަށް މުޖާހިދު ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ