އެކިއެކި އޮއެވަރުތަކުގެ ސިކުނޑިން ވިސްނުމުގެ ބަދަލުގައި ކަންކަމާއި އަމިއްލަ ސިކުނޑިން ވިސްނަން ދަސްކުރަން ޖެހޭނޫންތޯއެވެ؟

ހަނިމާދޫ އިޖުތިމާޢީ ފަހުގެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމުގެ ޕްލޭންގެ ތެރޭގައި ހިމެނިގެން ހަނިމާދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް އިމާރާތް އެޅުމަށް ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގެ ބީޗު ސައިޑުން އަށްލައްކަ އަކަފޫޓުގެ ބިމެއް ބޭނުންވެގެން ސަރުކާރުން އެދުމުން ހަނިމާދޫގެ ގިނަބަޔަކު އެކަމާއި ކަންބޮޑުވިއެވެ. މިއީ ދުރު ހަނދާނެއް ނޫނެވެ.

ދެން މި ފާއިތުވި މަހެއްހާ ދުވަހަށް ކުޑަކޮށް ވިސްނާލަމާ ހިނގާށެވެ. ސަރުކާރުން އެދުނު އަށްލައްކަ އަކަފޫޓު ބިމުގެ ތެރޭގައި ހިމެނޭ ހަނިމާދޫ ބާބެކިއު އޭރިއާ “ހަނިހޭޅި” ހުޅުވީއްސުރެ އެތަނަށް ދަތުރު ގޮސް ގިނަބަޔަކު ތޮއްޖެހިފައިވާ މަންޒަރުން ހަމަ ގައިމުވެސް ހަނިމާދޫގެ ރައްޔިތުންނަށް ވާނީ ފެނިފައެވެ. މިހާރު ވެސް ދާނީ ފެންނަމުންނެވެ. އަދި އެ ބީޗް ނުހުޅުވާ އިރުވެސް އެ ސަރަހައްދުގައި ޕިކްނިކް ގޮސް ބަޔަކު ނޫޅޭ ހަމަ އެންމެ ދުވަހެއް ވެސް ނުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ވީމާ ހަނިމާދޫ ބީޗްސައިޑުގެ އެ ބިމުގެ މުހިންމުކަން ވިސްނި، އެފަދަ ބޭނުންތަކަށް ބާއްވައި ދިނުމަށް ހަނިމާދޫ ބަޔަކު އެދުނު އެދުމަކީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ދެއްކި ބަހަނާއެކޭ ބުނެވޭނެ ޖާގައެއް އޮތްކަމަކަށް ގަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ.

ހަނިމާދޫގެ ބޮޑުފަޅާއި ހަނިމާދޫގެ އެހެނިހެން ސަރަހައްދުތަކުގައި ހުސްބިން އޮވެމެ އެކަމަށް ވިސްނާލުމެއް ވެސް ނެތި އެ ސަރަހައްދު އެމްއެންޑީއެފްގެ އިމާރާތް އަޅަން ދޫކޮށްލި ނަމަ ދެން ދަރިން ގޮވައިގެން ދަތުރު ދާނީ ކޮންތާކަށް ބާއޭ ހިތަށް އަރައެވެ. އެ ނޫން ހައްލެއް ނެތްނަމަ ދޫކޮށްލުމާއި އެ ނޫން ހައްލުތައް އޮތްހާލު އެގޮތަށް ކަންވާން ދޫކޮށްލުމުގައި ވަރަށް ބޮޑު ތަފާތެއް ވެއެވެ. އެކިއެކި އޮއެވަރުތަކުގެ ސިކުނޑިން ވިސްނުމުގެ ބަދަލުގައި ކަންކަމާއި އަމިއްލަ ސިކުނޑިން ވިސްނަން ދަސްކުރަން ޖެހޭނޫންތޯއެވެ؟

ފޮޓޯ : ފިރާގް މުހައްމަދު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ