ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ޚަބަރު ފަހުގެ

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރި ނައިބު ތުއްތު މަގުން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދުގެ މެންދުރުފަހު 15:00 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 28 އަހަރުގެ ފިރިހެނަކަށާއި 28 އަހަރުގެ އަންހެނަކަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ދެ މީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭގެތެރެއިން އެކަކަށް އިތުރު ފަރުވާ ދިނުމަށް އައްޑޫ ސިޓީ އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ އެކްސިޑެންޓު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ