ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ޖެހޭ ފަދަ ހާލަތެއް ނެތް: ރައީސް

ޚަބަރު ފަހުގެ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ރައީސް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެންމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނަމަވެސް، އެ ވޯޓު ފާސްކޮށްފައި ވަނީ ގައުމީ މަޖިލީހުގެ 146 މެންބަރުންގެ ތެރެއިން 39 މެންބަރުންގެ ވޯޓާއެކު ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ގައުމީ މަޖިލީހުގައި އެހާ ގިނަ މެންބަރުން ހިމެނޭއިރު، ގިނަ މެންބަރުން ޖަލްސާއަށް ހާޒިރު ނުވީ އެކަމަށް ތާއީދު ނެތުމުން ކަމަށާއި، އެހެން ނަމަވެސް ރައީސް ނަޝީދުގެ ހުށަހެޅުއްވުމަކާ ދެކޮޅަށް އެއްވެސް މެންބަރަކު ބޭނުން ނުވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މި ވަގުތަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ދަނޑިވަޅެއް ކަމަށް އެ ބޭފުޅުންނަށް ފެނިވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައިވެސް މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ވަގުތެއް ނޫންކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރި ނަމަވެސް ހަރުކަށި ފިރުކުގެ މީހުން ހޯދައި، ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާކަމަށެވެ. އަދި އޭގެ ނަތީޖާވެސް ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ