ގައުމީ އެއާލައިންގެ ހިދުމަތް ރަނގަޅުކުރަން ބޭރުގެ ފަރާތަކާ އެކު ޖޮއިންޓް ވެންޗާއެއް ހަދަނީ

ޚަބަރު ފަހުގެ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހިދުމަތް ރަނގަޅު ކުރުމަށް ބޭރުގެ ފަރާތަކާ އެކު ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ގައުމީ އެއާލައިން އަކީ ކުރިންވެސް ދަރަނީގައި ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ. ކޮވިޑާއި ގުޅިގެން މާލީގޮތިން އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އެހެން ކަމުން އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ވެފައި ނުވާކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެން ކަމުން، ގައުމީ އެއާލައިނުގެ ހިދުމަތް ރަނގަޅު ކުރުމަށް ބޭރުގެ ބައެއް ފަރާތްތަކާ މަޝްވަރާ ކުރަމުން ދާކަމަށާއި، ޖޮއިންޓް ވެންޗާއެއް ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޝްވަރާ ކުރަމުން ދަނީ މެދުއިރުމަތީގެ ބައެއް ގައުމުތަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ގައުމީ އެއާލައިނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ޑޮމެސްޓިކް ޓްރާންސްޕޯޓް ނެކްވޯކެއް އޮންނަން ޖެހޭ ކަމަށާއި، އޭގެ ސަބަނުން ނުސީދާކޮށް ލިބޭ ވަރަށް ބޮޑެތި ފައިދާތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން، ޑޮމެސްޓިކްކޮށް އެ ހިދުމަތް ދިނުމަށް ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ނަމަވެސް އެ ހިދުމަތް ދަމަހައްޓަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ