އެމްޑީޕީ އާއި ޕީޕީއެމް ގުޅުން ރަނގަޅެއް ނޫން، ނަޝީދު ވިދާޅުވިޔަސް އެކަމަށް ތާއީދެއް ނުކުރާނަން: ރައީސް

ޚަބަރު ފަހުގެ

އެމްޑީޕީއާއި ޕީޕީއެމް ގުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމިގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ މަލްޓިޕާޓީ ސިސްޓަމް ގަބޫލުކުރައްވާ ބޭފުޅެއް ކަމަށާއި، ރާއްޖޭގައި މިހާރު ރާއްޖޭގައި މި އޮތީ އެމްޑީޕީގެ ފިކުރާއި އެމްޑީޕީގެ ފިކުރު ކަމަށެވެ. އަދި އެ ދެފިކުރު މަސައްކަތްކަތް ކުރަން ވާނީ ދެ ފަރާތުގައި ތިބެގެން ކަމަށާއި، އެއީ ރާއްޖޭގެ ސިޔާސީ ނިޒާމަށާއި، ރާއްޖޭގެ ކުރިއެރުމަށާއި، ރާއްޖޭގެ މައްސަލަހަތަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ.
”އެހެން ވީމާ އެމްޑީޕީއާއި ޕީޕީއެމް ގުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑެއް ނުދެކެން. އަދި ޕާޓީގެ ޗެއާޕާސަން އެހެން ވިދާޅުވިކަމަށް ވިޔަސް، އެއީ އެމްޑީޕީގެ ނިންމުމެއް ނޫން“ ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް އިތުރަށް ވިދާލުވީ، އެމްޑީޕީއާއި ޕީޕީއެމް ގުޅުމަކީ ރާއްޖޭގައި އޮތް މަލްޓިޕާޓީ ނިޒާމް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެހެން އެންމެނަށްވެސް ފުރުސަތު އޮންނަ ފަދައިން ވަކިވަކި ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް ފުރުސަތު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”ރައީސް ނަޝީދު، ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅު ވަންޏާ އެކަން ކުރެވިދާނެ. އެއީ ކޮންމެ ބަޔަކަށްވެސް ކުރެވިދާނެ ކަމެއް. އެހެން ނަމަވެސް، މި ދެޕާޓީގެ މި ދެފިކުރު ގުޅުމަކީ މަލްޓިޕާޓީ ނިޒާމަށް އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން“ ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވާއިރު، ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަން ބޭނުފުޅުވާކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. އަދި ރައީސް ސޯލިހުއާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައި ވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް ސޯލިހުއާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ