އަމާޒަކީ މަސް ނިމުމުގެ ކުރިން ވެކްސިން ޖަހާ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ދިނުން: ރައީސް

ޚަބަރު ފަހުގެ

ުއަމާޒަކީ މި މަސް ނިމުމުގެ ކުރިން ވެކްސިން ޖަހާ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގުރާމް އަންނަ ހަފުތާގައި ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަމާޒަކީ މި މަސް ނިމުމުގެ ކުރިން ކުޑަކުދިން ހިމެނޭހެން، ވެކްސިން ޖެހޭ އާބާދީގެ 90 ޕަސަންޓަށް ވެކްސިން ދިނުން ކަމަށް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ 93 ޕަސަންޓު މީހުން ވެކްސިން ޖަހާފައިވާ އިރު، ބޯޑަރު ކޮންޓްރޯލްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ރާއްޖެ އާ އާންމު ހާލަތަކަށް ދިއުމަށް ފެށި ދަތުރުގެ އަސްލަކީ ދިވެހިން ވެކްސިން ޖެހުމަށް ދިން އެއްބާރުލުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ސްކޫލުތަކުގައި ކިޔެވުން ހުއްޓާލުމަށް ފަހު، ކިޔެވުން އަލުން ފެށި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ