ހަނިމާދޫ ސްކޫލުގެ ސްޓާފް ރޫމް ސެޓަޕް ބަދަލުކުރުމަށް ހަނިމާދޫ ކައުންސިލުން 55,844 ރުފިޔާ ދޭން ނިންމައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލުގެ ސްޓާފް ރޫމް ސެޓަޕް ބަދަލުކުރުމަށް ހަނިމާދޫ ކައުންސިލުން 55,844 ރުފިޔާ ދޭން ނިންމައިފިއެވެ.

ހަނިމާދޫ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 11 ވަނަ ޖަލުސާގައި މި ފައިސާ ސްކޫލަށް ދޭން ނިންމީ އެ ކައުންސިލުގެ ފުރިހަމަ މެޖޯރިޓީއާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާ ގުޅޭގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ވިދާޅުވީ ހަނިމާދޫ ސްކޫލުން ކައުންސިލްގައި އެދުނު ގޮތަށް، އެދުނު ވަރަށް އެފައިސާ ވާނީ ހަމަޖަސައިދޭން ފާސްކޮށްފައެވެ.

“މި ކައުންސިލުގައި ހަނިމާދޫ ސްކޫލުން އެދުނީ އެމީހުންގެ ސްޓާފް ރޫމް ރިނިޔު ކުރަން ދާނެކަމަށް ލަފާކުރާ ހަރަދުން މަދުވާ ފައިސާ ހަމަޖަސައި ދެއްވަން، އެއީ 55,844 ( ފަންސާސްފަސްހާސް އަށްސަތޭކަ ސާޅީސް ހަތަރު ރުފިޔާ) ހަމަޖެއްސުމަށް.” ފިރާގް ވިދާޅުވިއެވެ.

“މި އެހީގެ ސަބަބުން ހަނިމާދޫ ސްކޫލްގެ ސްޓާފް ރޫމް ރިނިއު ކުރެވި އެތަނުގައި މިހާރު ހުރި ދަތިތައް ފިލައިގެން ދަނެކަމަށް އަޅުގަނޑު މި އުންމީދު ކުރަނީ.” ފިރާގު ވިދާޅުވި އެވެ .

ހަނިމާދޫ ސްކޫލަކީ އެލް.ކޭ.ޖީން ފެށިގެން ގުރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އަދި މުޅި ޖުމުލަ 519 ކުދިނާއި 56 މުދައްރިސުން އެ ސްކޫލްގައި ހަރަކާތް ތެރިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ